ސިފައިންގެ ފުރަަތަމަ އެރ ކޯ ސްޓޭޝަން ގައުމުގައި ހުޅުވައިފި

ސިފައިންގެ ފުރަތަމަ އެއަރ ކޯރގެ ސްޓޭޝަން އައްޑޫ އަތޮޅު ގައުމުގައި ގާއިމުކޮށް، ޚިދުމަތް ދޭން ފަށައިފި އެވެ.

"ގަން އެރ ސްޓޭޝަން" ނަމުގައި މި ސްޓޭޝަން ހުޅުވީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

އެކަމަށް ޓަކައި، ގަން އެއަރ ސްޓޭޝަންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސް ވަނީ، އެއަރ ސްޓޭޝަންގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ސްޓޭޝަންގައި ޑިޕްލޯއީކުރި އެއަރ ސްކޮޑްރަންގެ ޕެނަންޓް، އެ ސްކޮޑްރަންގެ ކޮމާންޑަރ، މޭޖަރ ޙަސަން ދީދީއާ ހަވާލުކޮށްދެއްވާފަ އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ޓީބީ-2 އެއަރކްރާފްޓްތައް އުދުހުމަށް ޚާއްޞަ ވެފައިވާ އެއަރ ސްކޮޑްރަން-2 ގެ މި އެއަރ ސްޓޭޝަން ފަރުމާކުރެވިފައިވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީކުރެވޭ ގޮތަށް ކަމަށެވެ.

އަދި، މި ސްޓޭޝަން ޤާއިމްކުރުމަކީ، ރައީސް މުއިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދަމަހައްޓަވައި ނެގެހެއްޓެވުމަށް ގެންގުޅުއްވާ ތަޞައްވުރުގައި ހާސިލުކުރެވޭ މުހިންމު އެއް ލަނޑުދަނޑިއް ކަމަށް ބުންޏެވެ. އެ މަނިކުފާނުގެ ޤައުމީ ތަސައްވުރާ އެއްގޮތަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މި އެއަރ ސްޓޭޝަން ޤާއިމުކުރެވިގެން ދިޔައީ ރާއްޖޭގެ މުޅި ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ އިސްތިރާޖީ ގޮތުން މުހިންމު، ދިފާޢީ ވަރުގަދަ ބުރުޒެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.

މި އެއަރ ސްޓޭޝަންގައި:

  • 400 މީޓަރުގެ ޓެކްސީވޭއެއް
  • 100 މީޓަރުގެ އެޕްރަނެއް
  • އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާ އެކު ހަދާފައިވާ ހެނގަރެއް
  • ސިފައިން ތިބުމަށް އެކަމަޑޭޝަން ޤާއިމުކުރެވިފައިވޭ

މި ރަސްމިއްޔާތަށް ފަހު، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި، ސިމިއުލޭޓަރ ރޫމް، ރައީސް  ވަނީ ބައްލަވާލައްވާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް