ފުވައްމުލަކުގައި އަޅާ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކުގެ އަމަލީ މަސައްކަތް ފަށައިފި

ޏ. ފުވައްމުލަކުގައި އަޅާ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް އެ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީސް އެންޑް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިޔާތު  ޝަރަފުވެރިކޮށްދެއްވި އެވެ. މިއީ 19.17 މިލިއަން ރުފިޔާއަށް އަހަރު ދުވަސްތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި އެކޮމަޑޭޝަން ބްލޮކަކީ، 11946 އަކަފޫޓުގެ ސަރަަހައްދެއްގައި ތިން ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ. ކޮންމެ ފަންގިފިލާއެއްގައި 3982 އަކަފޫޓު ހުންނާނެ އެވެ.  މިއީ 14،000 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގައި ކުށް މަދުކޮށް އިޖުތިމާއީ ތަރައްގީ އާއި އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރާ މަަސައްކަތުގެ ތެރެއިން ތަރައްގީ ކުރާ ތަނެކެެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް