ދެން މަސްވެރިކަމުގެ ލައިސެންސްއަށް އެދި ހުށަހެޅޭނީ "ކެޔޮޅު ވެބް-ޕޯޓަލް" މެދުވެރިކޮށް

މަސްވެރިކަމުގެ ލައިސަންސަށް އެދި ދެން ހުށަހެޅޭނީ ކެޔޮޅު ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ބެހޭ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން "ކެޔޮޅު" ވެބް-ޕޯޓަލް މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުވަނީ މިހާރު ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން، 4 ނޮވެމްބަރުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު އެ ވުޒާރާއިން ބަލައިގަންނާނީ އެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާ ބެހޭ ބެހޭ މިނިސްޓްރީން ބުނެއެވެ.

އަދި މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމް، 23 ނޮވެންބަރުން ފެށިގެން ބަލަގަންނާނީވެސް މި އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވިދާޅުވިއެވެ. "ކެޔޮޅު" ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.

"ކެޔޮޅު" ޕޯޓަލް އަކީ މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ ކުންފުނިތަކުން ގަންނަ މަހުގެ ތަފްސީލު ގަވާއިދުން އެ ވުޒާރާއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިހާރުވެސް އެ ވުޒާރާއިން ބޭނުންކުރަމުންދާ ވަސީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް އެ ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިރު ކޮށްފައިވެއެވެ.

މީގެ އިތުރުން އެންމެފަހުން ހުއްދަ ކުރި ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް އެ ވުޒާރާއިން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް