އިތުރު ތިން އެއާލައިނަކުން އާ ޓާމިނަލަށް ދަތުރުތައް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ބައިނަލްއަގްވާމީ އިތުރު ތިން އެއާލައިނަކުން ދަތުރުތައް ފަށައިފިއެވެ.

އެންމެ ފަހުން ދަތުރުތައް ފެށީ ޗައިނާގެ ސިޗުއާން އެއާލައިން އާއި ޔޫއެސް-ބަންގްލާ އެއާލައިންގެ އިތުރުން އުޒްބެކިސްތާން އެއާވޭސް އިންނެވެ.

އެއާލައިންތަކުން ފުރި މީހުންނަށް ހާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ހާއްސަ މަރުޙަބާއެއް ވަނީ ކިޔައިފައެވެ.

ރަސްމިއްޔާތުތަކުގައި ވަނީ އެ އެއާލައިންތަކުގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިފައެވެ.

އަލަށް ފެށި އެއާލައިންތަކާއެކު މިހާތަނަށް ޖުމްލަ 21 އެއާލައިނަކުން ވަނީ އާ ޓާމިނަލަށް ދަތުރުތައް ފަށައިފައެވެ.

އާ ޓާމިނަލްއާ އެކު ރާއްޖެ ޒިޔާރަތްކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މަތިވެފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް