މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. އަދި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ. ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވާފައިވަނީ މިއަދެވެ. ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަޅުގަނޑަށް ދެއްވިކަމަށްޓަކާ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒަށް @MMuizzu ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރުދަންނަވަން.
އަޅުގަނޑުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ… pic.twitter.com/xJZJgyW36t — Maumoon Abdul Gayoom (@maumoonagayoom) November 3, 2025

ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ޙައްޤުވެރިންނަކީ ދިވެހި ރައްޔިތުން ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




