ނޮވެމްބަރު 3: ޝަހީދުވި 8 ސިފައިން އަދި 11 އާންމުންގެ އަގުވަޒަންކޮށް ޝަރަފުގެ އައްޑަނައެއް

ރާއްޖެ ހިފަން ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންނާއި، އާންމުންގެ އާއިލާތަކަށް ޝަރަފުގެ އައްޑަނައެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

މި އައްޑަނަ އަރުވާފައިވަނީ، އެ ދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ސިފައިންގެ ތެރެއިން އެ ދުވަހުގެ ހަމަލާގައި 8 ބޭކަލަކު ޝަހީދުވި އެވެ. އެ ސިފައިންނަކީ:

  •  ސާޖެންޓް ކުޑައާދަމް ކުޑަތުއްތު، 49އ، ހިދުމަތުގައި 27 އަހަރު
  •  ލެފްޓެނެންޓް ކުޑަނެވި ތުއްތުމަނިކު، 51އ، ހިދުމަތުގައި 17 އަހަރު
  •  ކޯޕްރަލް ހުސައިން މުހައްމަދު، 38އ، ހިދުމަތުގައި 17 އަހަރު
  •  ކޯޕްރަލް އަބްދުﷲ ޒުހައިރު، 33އ، ހިދުމަތުގައި 5 އަހަރު
  •  ސާޖެންޓް އާދަމް ނަސީރު، 28އ، ހިދުމަތުގައި 8 އަހަރު
  •  ކޯޕްރަލް މުހައްމަދު އިބްރާހިމް، 31އ، ހިދުމަތުގައި 8 އަހަރު
  • ކޯޕްރަލް މުހައްމަދު ހަސަން، 28އ، ހިދުމަތުގައި 4 އަހަރު
  •  ކޯޕްރަލް ހުސައިން އާދަމް، 20އ، 4 އަހަރު
  • އާންމުންގެ ތެރެއިން އެ ދުވަހުގެ ހަމަލާގައި 11 މީހަކު ޝަހީދުވި އެވެ. އެ އެންމެންނަށް ވެސް ޝަރަފުގެ އައްޑަނަ އެރުވި އެވެ. އެ މީހުންނަކީ:
  • އިސްލާމީ މަރުކަޒުގެ އިމާމު އަބްދުއްރަހްމާން އާދަމް 53އ
  • އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ގޮސް ހުއްޓައި ރަހީނުކުރި އިބްރާހިމް ހުސައިން، 52އ
  • އިސްލާމީ މަރުކަޒުގެ ވޮޗަރު އަބްދުއްސައްތާރު އާދަމް، 49އ
  • އިސްލާމީ މަރުކަޒުގެ ގާޑު އުމަރު އަހުމަދު، 45އ
  • ރަހީނުކޮށްގެން ގެންދިޔަ ފިހާރައެއްގެ މެނޭޖަރު އަހުމަދު ލަބީބު، 52އ
  • ދިވެހިން ރަހީނުކުރި ބޯޓުގެ ސީމަނެއްގެ ގޮތުގައި ހުއްޓާ ޝަހީދުވި ހަސަން ޒަރީރު، 20އ
  • މާލޭ ފަޅުތެރޭ ހުރި ދޯނިތަކުން އާސީރެއްގެ ގޮތުގައި ބާލާފައި ހުއްޓާ ބޮލަށް ބަޑި އަރައިގެން މަރުވި ކުޑަކުއްޖާ، ޖަވާދު އުމަރު، 16އ

  • ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރު އިސްމާއީލް ހަލީމް، 35އ
  • ހަމަލާދޭން ފެށި އަޑަށް ވެގެން އުޅޭގޮތް ބަލަން މަގުމައްޗަށް ނިކުތް ތަނުން ބަޑީގެ ހަމަލާގައި ޝަހީދުވި އަހުމަދު ރަޝީދު، 24އ
  • ޔަންގްސްޓާ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ހަމީޒު، 22އ
  • މާލޭ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއްގައި ހުއްޓާ ޝަހީދުވި، ހުސެން އަބްދުއްރަހްމާން، 70އ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް