ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާގުޅޭ އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަަށައިފި

އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ އިއްޔެ  3:44 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެގެން ހަ މީހަކު އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އޭގެތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، މަރުވި ބިދޭސީމީހާއަކީ އެ ކުންފުނީގެ ލޭބަރެއްގެ ގޮތުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހެއް ކަމަށެވެ. އަދި ދެން މަރުވި ދިވެހި މީހާ އެ ކުންފުނީގެ ލޭބަރެއްގެ ގޮތުގައި ހިދުމަތާ ގުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް ބުންޏެވެ.

މި ދެ މީހުންގެ އާއިލާއަށް ވެސް ތައުޒިޔާ ކިޔާ އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އެ  ހާދިސާ ތަހުގީގުކޮށް، އެކަމާގުޅޭ މައުލޫމާތު އާންމުކުރާނެ ކަމަށެވެ.

"ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން   މި ކުންފުނީގެ ޑިޕާޓުމަންޓުތަކުން މިހާރު ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފަ އެވެ.  އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް