ރައީސް އައްޑުއާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ އަންގާރަ ދުވަހު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސް، އެ ދެ ސިޓީގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި، ސިޓީތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންގެ އަޑުއައްސަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅު އައްޑުއަށް އަމާޒުވެފައިމިވަނީ، އެ ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫއާއި މީދޫގައި ވަކި ރަށު ކައުންސިލް އުފެއްދުމަށް އެ ދެ ރަށުގެ ރައްޔިތުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް