މާލޭ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ނަޝީދު

މާލޭ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މިގޮތުން ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން ކަމަށް އެމަނިކުފާނުގެ "ކިލާ މާލެ" ފޮތުގައި ބުނެފައިވާނެ ކަމަށެވެ.

"މިސާލަކަށް 1750 ގައި މާލޭ ބޯހިމަނާނަމަ ފެންނާނީ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން. މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާ ހަމައަށް އެއީ ކެލާ އެދުރު ކަލޭފާނު ގޯތި. އައްޑޫ ސިއްކަގެ އަކީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށް"، ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާލޭގައި ކޮންމެ ރަށަކަށް ހެން ގެއެއް ހުންނާނެ ކަމަށާއި، 1750 ގައި ގިނަވާނީ ބަބުރުން، މަލާބާރު، ތުރުކީ އަދި މި ބާވަތުގެ ސަރަހައްދީ ރަށްރަށުގެ މީހުން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މާލޭގެ ބިން ދޫކުރަން އެންމެ ރަނގަޅު ކަމަށް އަދިވެސް ފެނިވަޑައިގަންނަވަނީ "ވެށި ފަހި މާލެ" ޕުރޮގުރާމުގެ ދަށުން ކަމަށާއި، މާލޭ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް