އެމްޕީއެލް ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރި މީހަކު ނިޔާވެ، އިތުރު މީހެއްގެ ހާލު ސީރިއަސް

މާލޭ އެމްޕީއެލް ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހަކު ނިޔާވެ، އިތުރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 15:44 ހާއިރު ކަމަށާއި، މި ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހީން ކަމަށް ވާއިރު، ކޮޅުވެއްޓިގައި ތިބީ ޖުމުލަ 14 މީހުން ކަމަށާއި، އެ އެންމެންވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ނަމަވެސް މީގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހޮސައިން (32 އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ދިވެއްސަކަށްވެސް ބޮޑެތި އަނިޔާތަކެއްވެ، ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް