ސްމާޓް ސިޓީ މިޝަން ޓްރޭނިންގ އަށް ސިޓީސް މިނިސްޓްރީގެ ވަފުދެއް އިންޑިއާއަށް

އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަފުދެއް އިންޑިއާއަށް މިއަދު ފުރައިފިއެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފައެވެ.

ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މި ނޮވެންބަރު މަހުގެ 3 އިން 14 އަށް އިންޑިއާގެ އެކި ސިޓީތަކުގައެވެ. ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް