ސިނަމާލެ ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖު ހައިވޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެއިން މާލެއަށް އަންނަ ފަޅިގައި ދެ ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު 16:00 ހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ އޯވަރޓޭކްކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް، އެކްސިޑެންޓުވި ދެ ކާރަށްވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް