އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފި

އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއެކު، ދިމާވި މައްސަލަ ދެނެގަތުމަށް އެ ކުންފުނީގެ ކުރި މަސައްކަތުން، އެ މައްސަލަ ދެނގަނެވި، މައްސަލަ ހައްލުކޮށް މިހާރު އެ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް