ސިނަމާލެ ބްރިޖު ހައިވޭ

ޕިކަޕަކާއި ސައިކަލެއްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނިގޮތުގައި، މިއެކްސިޑެންޓު ހިނގީ ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި އެ ސަރަހައްދުން ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. މިރޭ 6:48 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުންދަނީ ސައިކަލުގައި އިން 57 އަހަރުގެ ދިވެހި ފިރިހެން މީހާ އަށެވެ. ފުލުހުން ބުނީ އޭނާގެ ބޯފަޅައިގެން ގޮސް އަތަށް އަނިޔާވެފައިވާ ކަމަށެވެ.މި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގަ އެވެ.

މިމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް