އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފި

އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިން ވަނީ އެކަން އަންގާ ބަޔާނެއް ނެރެފަ އެވެ. އެޗްޕީއޭ އިން ބުނީ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިއީ މަނާ ކަމެއް ކަމާއި އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަން ކުރީން ވެސް އަންގާފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ "ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް" މި ތެލުގައި ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތީން ތަޣައްޔަރުވެފައިވާ ތެލަށް ވެސް ވެދާނެ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ނުކުރުމަށް  އަންގާފަ އެވެ. އަދި އެތަކެތި ވިއްކާ، ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް