ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފައިވަނީ "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ކާޑު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް ދޫކުރާ މި ކާޑުން ދުވާލަކު 3200 ޑޮލަރު ނެގޭނެ އެވެ.

އަދި ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް ދުވާލަކު 5،000 ޑޮލަރާ ހަމަޔަށް ބޭނުންކުރެވޭނެ އެވެ.

މި ކާޑަށް މިއަދުން ފެށިގެން ބީއެމްއެލް އެޕް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް