އެންއައިސީގެ ރައީސް ކަމަށް ޝުއައިބު އަންޔަންކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު ޝުޢައިބު ޢަބްދުއްރަހްމާން މިއަދު އައްޔަންކުރައްވައިފި އެވެ.

ޝުޢައިބު އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި ޤާސިމް ޢަބްދުލްކަރީމުގެ ދައުރު ހަމަވުމާގުޅިގެންނެވެ. ޤާސިމާއެކު އެ ކޮމިޝަނަށް 2020ވަނަ އަހަރު އަންޔަންކުރެއްވި ހަތަރު ބޭފުޅެއްގެ ފަސް އަހަރުގެ ދައުރު އިއްޔެ ވަނީ ހަމަވެފަ އެވެ. އޭގެތެރޭގައި މިއަދު ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވި ޝުޢައިބު ވެސް ހިމެނެ އެވެ. އެކަމަކު ޝުއައިބު މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވާތީ، އިއްޔެ އެބޭފުޅާ ވަނީ ދެވަނަ ދައުރަކަށް މެންބަރުކަމަށް އައްޔަންކޮށްފަ އެވެ.

އަލަށް އެ ކޮމިޝަނަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ:

  • ޝިފާޒު އަލީ، ދަފްތަރު ނަންބަރު ރސ 12854

  • އަލީ މުހައްމަދުމަނިކު، ދަފްތަރު. ނަންބަރު ރސ 1851 

  • ފާތިމަތު ޝަރީފް، މާކޯޅި/ގދ. ތިނަދޫ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރު އެވެ. އެ ކޮމިޝަނަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމަށް އުފައްދާފައިވާ މިނިވަން މުވައްސަސާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް