ފެނަކަ ހިންނަވަރު އޮފީސް ރައީސް ހުޅުއްވައިދެއްވައިފި

ޅ. ހިންނަވަރުގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ (މޭޖަރ ރިޓެޔަރޓް) މުހައްމަދު ނަޖާހު ބައިވެރިވެވަޑައިގެންނެވެ.

މި އޮފީހަކީ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތުގެ ގެ އިދާރީ އެންމެހާ މަސައްކަތެއް ކުރެވޭހެން ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ.

އިންޓަލޮކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 23 ސެޕްޓެމްބަރު 2023 ފެށި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާފައިވަނީ 28 އޯގަސްޓް 2025 ގައެވެ.

އަލަށް ހުޅުވި މި އިމާރާތާއި އެކު ފެނަކައިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް