ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާޓޯ އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. އަބްދު الله ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައިފައެވެ.

ޑރ. ޚަލީލް ވިދާޅުވީ ދިވެހިރާއްޖެއާއި ހަންގޭރީ އާ ދެމެދުގައިވަނީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ރަޙްމަތްތެރިކަމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަށް އެމަނިކުފާނަށް އޮތް ކަމަށެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."، ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް