ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައިބާރުވުމާއެކު ކަނޑުގަދަވެ، ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާކަމަށެވެ.

އެހެންކަމުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެހެން ކުރަން ޖެހިގެން ނޫނީ ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފަވާއިރު މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި24 ގަޑިއިރުތެރޭ ވަނީ ދެ ހާދިސާއެއް ދިމާވެފައެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ކޮޅުވެއްޓިއެއް ބަންޑުވެ މިހާތަނަށް ދެމީހަކު މަރުވެފައިވާއިރ،ު މިއަދުވެސް މުދާ އުފުލާ ބޯޓެއް ވަނީ ދިޔަވެ އަޑިއަށް ގޮސްފައެވެ،

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް