ކޮޅުވެއްޓިން ގެއްލުނު އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. އެރިޔަދޫ ކައިރިއަށް ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ކިޔާ ކޮޅުވެއްޓިން ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުން ނެގީ ކަނޑު އަޑިން ކަމަށެވެ.

ކަނޑު އަޑިން ނެގި ދެވަނަ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.

މިހާރު ހޯދަމުން އަންނަ ތިން ވަނަ މީހާއަކީ ސްރިލަންކާއަށް ނިސްބަތްވާ މީހެކެވެ.

މި ހާދިސާގައި މަރުވެފައި އޮއްވައި ފެނުނު ފުރަތަމަ މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ.

އޭނާގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށް ފެނުނީ މިއަދު ހެނދުނު އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް