ހަންޏާމީދޫ ކައުންސިލްގެ އައު އިމާރާތް ހުޅުވައިފި

އދ.ހަންޏާމީދުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

ކައުންސިލް އިދާރާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔަތުގައި ވަޒީރުންނާއި، އެ ދާއިރާގެ މެންބަރާއި، އެރަށު ކައުންސިލް މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ.

މި އިމާރާތަކީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރި މުވައްޒަފުންނަށްވެސް މަސައްކަތްކުރަން އެކަށީގެންވާ ޖާގައާއެކު ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް