މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް އުންމީދެއް ނޯންނާނެ: މެޑަމް ސާޖިދާ

މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށެވެ. އަދި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދީ، ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް ނޯންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެފަދަ މުޖުތަމަޢެއްގައި ތަހުޒީބެއް، ދިރުމެއް އަދި އުންމީދެއްވެސް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށާއި، އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށެވެ.

"ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން"، އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް