ވައުވެފައި އޮތް، ތިނަދޫގެ ބައެއް ސަރަހައްދުތައް ސާފުކޮށް ބިން ލެވެލްކުރުމުގެ މަސައްކަތްކޮށްފި

ގދ. ތިނަދޫ ސިޓީގައި ވާވެ ޖަންގަލިހެދިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ބައެއް ސަރަޙައްދުތައް ސާފުކޮށް ބިން ލެވެލްކުރުމުގެ މަސައްކަތް ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުގެ މުވައްޒަފުން ކޮށްފިއެވެ.

ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މި މަސައްކަތް ކުރިއަށް ގެންދިޔައީ އެ ރަށު ދަނޑެކޮޑޭ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ބާރު ސްޕީޑްގައިކޮށް މި މަސައްކަތް ނިންމާލެވުނީ އެ ރައްޔިތުން ނުހަނު ބޮޑު އެހީތެރިކަމާއެކުގައި ކަމަށް ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މަޢުލޫމާތު ދެއްވިއެވެ. އަދި އެ ކަމަށް ޓަކައި ދަނޑެކޮޑޭ ރައްޔިތުންނަށް އެ ޔުނިޓުން ޝުކުރުއަދާކުރެއްވިއެވެ. މި ފަދަ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ޔުނިޓްތަކުގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް އަަންނަނީ ލިބެމުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ހުރި މި މިނިސްޓްރީ ޕަބްލިކް ވަރކްސް ޔުނިޓްތަކުން އަންނަނީ، ރަށްރަށުގެ ރައްޔިތުންނާ ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް