ޞިއްޙީ ވުޒާރާގެ އިސްވެރިން ސަމިޓިވެޖް ހޮސްޕިޓަލުގެ ވަފުދާ ބައްދަލުކޮށްފި

ޞިއްޙީ ވުޒާރާގެ އިސްވެރިން ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަލުގެ ވަފުދާކާ ބައްދަލުކޮށްފިއެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގާ ދެފަރާތުން ގުޅިގެން ބޯން މެރޯ ޓްރާންސްޕްލާންޓް ޙިދުމަތް ދިވެހިރާއްޖޭގާ ދެވޭނެ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އޮންކޮލޮޖީ، ކާޑިއޯޅޮޖީ އަދި ތެލަސީމީ ދާއިރާއިން ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ދެފަރާތުން ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަަލަކީ ތައިލަންޑުގައި ފުޅާ ދާއިރާގައި ކުޑަކުދިންނަށް ޞިއްޙީ ހިދުމަތް ދެމުންދާ ޕްރައިވެޓް ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ 1979 ވަނަ އަަހަރުން ފެށިގެން ހިދުމަތް ދެމުންދާ ހޮސްޕިޓަލެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް