ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

މި ތަކެތި ފެނިފައިވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 11 ގެ ސިޑިބަރި ކައިރި ފަޔަރ ހޯސްޓް ބަަލައިފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް