ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ: ވަޒީރު

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން އެ ފްލެޓުތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ފްލެޓުތައް ވިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 4000 ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ 15 ނޮވެމްބަރު 2025ގައި އިއުލާން ކޮށްފައިވާ ލިސްޓު ކަމަށެވެ. މި ސަރުކާރުންވެސް އަމަލުކުރާނީ އެ ލިސްޓާއެކު ކުރެވުނު އިއުލާނާ އެއްގޮތަށް ކަމަށާއި ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

'"ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި. ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ. ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ"' މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން ގެޒެޓު ކޮށްފައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް