ވިލުފުށީ ބީއެމްއެލްގެ އޭޓީއެމް ހުޅުވައި، ބޭންކުގެ ބްރާންޗްގެ ބިންގާ އަޅައިފި

ތ. ވިލުފުށީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ  ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ތ. ވިލުފުށީގައި ޤާއިމްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ވިލުފުށީ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައި، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ވިލުފުށީ ދާއިރާގެ މެމްބަރު، އަދި ވިލުފުށީ ކައުންސިލްގެ ރައީސްއެވެ.

ވިލުފުށީގައި މިއަދު ބިންގާ އެޅި ބީއެމްއެލް ބްރާންޗްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މަރިޗްމަހު ހުޅުވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް