ބުރުނީގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

ތ. ބުރުނީގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.

ބުރުނީގެ އޭޓީއެމްއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބީއެމްއެލްއާއި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގާއިމުކުރި އޭޓީއެމްއެކެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ބުރުންޏަށް ވަޑައިގެން އެ ރަށުގައި އޭޓީއެމްގެ އިފުތިތާހުކުރައްވައި، އޭޓީއެމްއިން ފައިސާ ނަންގަވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެ އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވިއެވެ. އެގޮތުން ވ.އަތޮޅާއި ފ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިމި 13 އަތޮޅެއްގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމް ހިދުމަތް ލިބޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް