ބުރުނީގެ އެފްއާރުސީ ސެންޓަރުގެ ބިންގާ އަޅައިފި

ތ. ބުރުނީގައި އަޅާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ.

އެފްއާރުސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުއެވެ.

ކޮޅުފުށީގައި ތަރައްޤީކުރާ އެފްއާރުސީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަރިހުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.

ބުރުނީގައި އެފްއާރުސީ ތަރައްގީކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ  ޙަވާލުކޮށްގެންވެ. އެމްއޭސީއެލް އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 5.28 މިލިއަން ރުފިޔާއަށް 250 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް