ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓު ހުޅުވޭގޮތް ހަމަޖައްސައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓު ހުޅުވޭ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށް ބީއެމްއެލްއިން ބުނީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓު ހުޅޭގޮތް ހަމަޖައްސާފައިވާކަމަށާއި، އަދި އިންޓަރނެޓް ނުވަތަ މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އޭގެ އެކައުންޓެއް ހުޅުވާލެވިދާނެކަމަށެވެ. އަދި ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަނޭޝަނަލަށް ޓްރާންސްފަރ (ޓީޓީ) ފޮނުވޭނެކަމަށާއި އަދި ޗައިނީސް ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭނެކަމަށްވެސް ބޭންކުން ބުނެފައިވެއެވެ. އެއާއެކު ބީއެމްއެލްގެ ޗައިނީސް ޔުއާން އެކައުންޓުތަކުން ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މިއީ ޗައިނާ ވިޔަފާރިވެރިންނާއެކު މަސައްކަތްކުރާ ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބިގެންދާ ލުޔަކަށްވާއިރު، ބީއެމްއެލްއިން ބުނީ ޗައިނާގެ ވިޔަފާރިވެރިންނާއެކު ވިޔަފާރިކުރުމަށް ޗައިނީސް ވިޔަފާރިވެރިންނާއެކު އެލްސީވެސް ހެއްދޭނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް