ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

މ.ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ނިނމުން ފާހަގަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

ދިއްގަރަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެއަށްފަހު އެސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައް އަހަރެއްގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ވަނީ ނިންމާލާފައެވެ. މިމަޝްރޫޢުގެ ދަށުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްވަނީ ޖަހާފައެވެ. އަދި 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްވަނީ ލާފައެވެ.

މީގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއްވެސްވަނީ ޖަހާފައެވެ. މިއީ 17.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް