ފޭސް 2 ގެ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރަށް ޚިދުމަތްދޭގޮތަށް ބަދަލުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ނިންމައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްހީ  ސިޔާސަތާ އެއްގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި މި ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރުމަށް ނިންމި ނިންމުމެކެވެ.

ރެއިން ފެށިގެން މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބޭނެެއެވެ.

‎މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މި ފިޔަވަޅުގެ ސަބަބުން މި ސަރަޙައްދުގެ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށް މާލޭގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަވުދުއް ރައްޒާގް ހަލީމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް