ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ފ. ދަރަނބޫދޫގައި ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް، އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މިިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އާއި ދަރަނބޫދޫ ކައުންސިލްގެ އިދާރާގެ ރައީސްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް