ނިލަންދޫގައި ގާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ފ. ނިލަންދޫގައި ގާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނިލަންދޫގެ އައު ނަރުދަމާގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ނަރުދަމާގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. ވަޒީރުގެ އަރިހުގައި ވަޑައިގެންނެވީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ނިލަންދޫ ކައުންސިލްގެ އިދާރާގެ ރައީސްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް