ނިލަންދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ފ. ނިލަންދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނިލަންދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. ވަޒީރުގެ އަރިހުގައި ވަޑައިގެންނެވީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އާއި ނިލަންދޫ ކައުންސިލްގެ އިދާރާގެ ރައީސްއެވެ.

ނިލަންދޫ ކައުންސިލް އިދާރާ ތަރައްޤީކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާ ޙަވާލުކޮށްގެންނެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވާ 55 ކައުންސިލް ޕްރޮޖެކްޓްގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް