ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކްސްޕޯއެއް ބާއްވަނީ

ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކްސްޕޯއެއް ބާއްވަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ނިންމައިފިއެވ.

މިއީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ފެއަރ އެކެވެ.

މި ފެއަރ އަކީ ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ފެއަރއެކެވެ.

މި ފެއަރ ބާއްވަނީ ، 2025 އޮކްޓޫބަރ 18 ގައިއެވެ.

މިއެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރވުމަށް، 2025 ސެޕްޓެންބަރު 29ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކްސްޕޯގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް ފުރުސަތުވަނީ ހުޅުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް