އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ތަރީޚާއި ޤައުމީ ތަރިކަ އާލާކޮށް ދިރުވައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މަސައްކަތްޕުޅުގެ ތެރެއިން އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑު (އެފް.ޑީ.ސީ)އާއެކު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ސަރަހައްދު ހިމެނޭހެން އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމެއް ތަރައްޤީކުރުމަށް އެފްޑީސީ އިން މި ވުޒާރާއަށް ވެދެއްވެން އޮތް ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މިގޮތުން މި މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވުމާއި ކޮންސަލްޓަންޓެއްގެ ގޮތުގައި އެހީތެރިވެދެއްވުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ދެ ފަރާތުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަޙައްދުގެ ސައިޓު ސާރވޭކުރުން ހިމެނެއެވެ.

އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއާ ގުޅިގެން މި ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި މިރޭ ސޮއިކުރުމަށް ވަނީ ދެ ފަރާތުން ނިންމާފައެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް