އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގުރާމު ނިންމާލައިފިއެވެ.

މިކަމަށްޓަކައި އައްޑޫ ސިޓީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

މި ޕްރޮގުރާމުގައި 52 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމުގެ ދަންފަޅިތައްް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޙް އަޙްމަދު ނާޒިޙް، އަައްޝައިޛް އަޙްމަދު ރިމާޒް އަދި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދުއެވެ.

އިމާމުންނާއި ޚަޠީބުން ތާޒާކޮށް އިތުރަށް ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް