ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް އޮޑިޓް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއިން މަޝްވަރާކޮށްފި

ދެފަރާތުން އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގު އިބްރާހީމް،  އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ މުއައްސަސާއާ ދެމެދު ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުން ކަމަށެވެ. ޚާއްސަކޮށް، މާލީ އިދާރީ ކަންކަމާއި، ސަރުކާރުގެ ހިސާބުތަކާއި، މިނިސްޓްރީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިފަދަ ބައްދަލުވުންތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ހަރުދަނާ ގުޅުމެއް ބިނާކޮށް، ދައުލަތުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވަރަށް މުހިންމު ބައްދަލުވުންތަކެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ މާލީ ކަންކަން ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. އެހެންކަމުން، މިނިސްޓްރީއަކާ އެއްބާރުލުން ދިނުމަކީ ރަނގަޅު ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ވަރަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް