އިނާމުތަކަކާއެކު އޯޒޯން ޑޭ ފާހަގަކުރުނީ

އިނާމުތަކަކާއެކު 2025 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމަށް "ފްރޮމް ސައިންސް ޓު ގްލޯބަލް އެކްޝަން" މި ޝިއާރުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހަމަޖައްސައިފިއެވެ.

2025 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

އަދި އޯޒޯން ޑޭ އާޓް ކޮމްޕެޓިޝަން 2024 އެވޯޑްސް ހަފްލާއެއް އޮންނާނެ އެވެ. މި އިވެންޓުގައި ލިބޭ ހަދިޔާތަކުގެ ތެރޭގައި؛

  • 12،000 ބީޓީޔޫ 5 ސްޓާ ގްރީ ބްރޭންޑް އޭސީ،
  • 12،000 ބީޓީޔޫ 4 ސްޓާ ހިޓާޗީ ބްރޭންޑް އޭސީ،
  • 18،000 ބީޓީޔޫ 4 ސްޓާ ހިޓާޗީ ބްރޭންޑް އޭސީ އަދި
  • 1 ޑޯރ، ބޮޓަމް ފްރީޒަރ 3 ސްޓާ ހިޓާޗީ ބްރޭންޑް ރެފްރިޖަރޭޓަރު

މި އެގްޒިބިޝަން ހިމެނޭ ސްޓޯލްތަކުގެ ތެރޭގައި؛

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އެނަރޖީ ޑިޕާޓްމަންޓުން އެނަރޖީ އެފިޝެންސީއާއި،

އެނަރޖީ ކޮންޒަރވޭޝަން އަދި ހަކަތަރީ ޕްރޮގްރާމް؛

  • ވިލާ ހެވަން ރިސޯޓުގެ ޑިސްޓްރިކްޓް ކޫލިން އިން ޓޫރިޒަމް
  • އަނަންތާރާ ރިސޯޓުގެ ސަސްޓެއިނަބަލް ކޫލިން ޕްރެކްޓިސްތައް އެއަރ ކޮންޑިޝަނަރ އަދި ރެފްރިޖަރޭޓަރ ފަދަ ތަކެތި ވިއްކާ ފަރާތެއްގެ ގޮތުގައި ރެފިއުލްކުރުން؛
  • ސްނޯ އިންޖިނިއަރިން އިން އީޖާދީ ކޫލިން ސޮލިއުޝަންތައް ހިމެނެއެވެ.

މި އިވެންޓުގައި ކާބޯތަކެތީގެ ސްޓޯލްތައް ވެސް ހިމެނޭނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙަތަށް އެހީތެރިވެދޭ ޒަމާނީ ދިރިއުޅުމަށް ފިނިކުރުމުގެ ނިޒާމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، ހަކަތަ ސަލާމަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށްޓަކައި، ތިމާވެއްޓާ ރަހުމަތްތެރި ފިނި ނިޒާމަކަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

އޯޒޯން ޑޭ ފާހަގަކުރުމުގެ ގޮތުން، އޯޒޯން ރައްކާތެރިކުރުމާއި، ހަކަތަ ބޭނުންކުރުމާއި، ދެމެހެއްޓެނިވި ފިނިހޫނުމިން ގުޅިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ބާރުއެޅުމާއި، ސައިންޓިފިކް އިލްމު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ބަދަލުކުރުމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް