އައްޑޫގެ ދަތުރުފަތުރު ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނާއި އައްޑޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ މުޙައްމަދު އަމީން މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އަދި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް