ބީއެމްއެލްއިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ 12 މަސްދުވަހުގެ މި ޕްރޮގްރާމުގައި ބީއެމްއެލްއިން އިންޓާންޝިޕް ފުރުސަތުތައް ދޭ ދާއިރާތަކަކީ:

- ގްރެޖުއޭޓް އިންޓާންޝިޕް: މިއީ 15 ބައިވެރިންނަށް ފުރުސަތު ދޭ އިންޓާންޝިޕެކެވެ. މި އިންޓާންޝިޕުގައި ބޭންކުގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

- ޓެކް ސްޓާޓް އިންޓާންޝިޕް: މިއީ 10 ބައިވެރިންނަށް ފުރުސަތު ދޭ އިންޓާންޝިޕެކެވެ. މި އިންޓާންޝިޕުގައި ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި އަހަރުގެ ގްރެޖުއޭޓް އިންޓާންސްއަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000ރ. އަށް ބޮޑުކޮށްފައި ވާއިރު، ޓެކް ސްޓާޓް އިންޓާންސްއަށް މަހަކު 11،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

މި އިންޓާންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް