ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކުރުމުގެ ފުރުސަތުތަކަށް ޚާއްސަ ވެބިނަރ ސިލްސިލާއެއް ކުރިއަށްގެންދަނީ

ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްސަ ވެބިނަރ ސިލްސިލާއެއް ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެއެވެ. މި ސިލްސިލާ އަމާޒުކޮށްފައިވަނީ އޭޝިއާ، ޕެސިފިކް، ޔޫރަޕް، މެދުއިރުމަތި، އަދި އެމެރިކާގެ ބައިވެރިންނަށެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޚާރިޖީ ވުޒާރާ، ރާއްޖޭގެ އެކި ޤައުމުތަކުގައި ހުންނަ މިޝަންތައް، އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ވެބިނަރ ސިލްސިލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އާ ހަބަރުތަކާއި، އިންވެސްޓުކުރުމުގެ ފުރުސަތުތައް ދައްކާލެވޭނެއެވެ.

މި ސިލްސިލާގެ ފުރަތަމަ ސެޝަން އިއްޔެ ބާއްވާފައިވާއިރު، މި ސެޝަންގައި ޚާއްސަ ސަމާލުކަން ދީފައިވަނީ އޭޝިއާ ޕެސިފިކް އަދި ގަލްފު ޤައުމުތަކުގެ ބައިވެރިންނަށެވެ. މި ވެބިނަރތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ބޭރުގެ އިންވެސްޓްމަންޓްތައް ލިބި، ދިވެހި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް