ތަރިކަ ޙިމާޔަތްކުރުމާއި ދާއިރާގެ ތަރައްޤީއަށް ޓަކާ ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ތަރިކަ ޙިމާޔަތްކުރުމާއި ދާއިރާގެ ތަރައްޤީއަށް ޓަކާ ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދިވެހިބަހާއި، ތާރީޚާއި، ތަރިކައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ތަރިކަ ޙިމާޔަތްކުރުމާއި ދާއިރާގެ ތަރައްޤީއަށް ޓަކައި ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މި ރޮނގުން ޢިލްމީ އެހީތެރިކަން ފޯރުވައިދެއްވުމުގެ ޝައުޤުވެރިކަން އިނގިރޭސި ވިލާތުގެ ސަފީރު ފާޅުކުރެއްވި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ދިވެހިބަހާއި، ތާރީޚާއި، ތަރިކަ ހިމާތްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް