ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އެގޮތުން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މި ހަރާކާތުގައި ފޮރިން މިނިސްޓްރީ އާއި އިންޑިޔަން ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެންވަނީ، ދެ ޤައުމުގެ ގުޅުމުގެ 60 އަހަރު ރަމްޒުކޮށްދިނުމަށް 60 ގަސް އިންދާފައެވެ. ހޯމަ ދުވަހު ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް