ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރަނީ

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާ ދެމެދުއެެ.

އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ.

މޯލްޑިވްސް ޕޯޓްސް އިން ބުނީ މި ފަހުމުނާމާގެ ދަށުން އެމް.ޕީ.އެލްގެ އުމްރާނީ ވަސީލަތްތައް ކުރިއެރުވުމަށް އެލިއާގެ ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާއިރު 6 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ޚިދުމަތްތައް ދޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް