އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފާސްކޮށްފި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވެވި ބޭފުޅާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.

މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މުޙައްމަދު ޝަފީގް މަހުމޫދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ މަގާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހު އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސުންނާއި ނައިބުން އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް