މޫނު ބުރުގާ އެޅޭގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު އިސްލާޙުކޮށް ގެޒެޓްކޮށްފި

މޫނު ބުރުގާ އެޅޭގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު އިސްލާޙުކޮށް ގެޒެޓްކޮށްފިއެވެ.

އެ ކޮމިޝަނުގެ ގަވާއިދަށްް13 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އިއްޔެ އިސްލާހުކޮށްފައިވާއިރު، ގަވާއިދުގައި ބުނާގޮތުންނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށިގެންވާ ހެދުމެއްގައެވެ.

އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއްދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި، މަޤާމު އެނގޭގޮތަށް ކާޑު ނުވަތަ ޓެގް ބޭނުންކުރަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ކުރިން އެ މާއްދާ އޮންނަނީ އެ ކޮމިޝަނުގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށްވެފައ،ި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތ،ީ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ
ގޮތެއްގައިކަމަށެވެ. ނަމަވެސް މިކަން ބަދަލުކޮށް އިއްޔެ ގެޒެޓް ކޮށްފައިވާ އިސްލާހުގައި ވާގޮތުންނަމަ މީގެ ފަހުން ސީއެސްސގައި މޫނު ބުރުގާ އަޅައިގެން އުޅޭ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް