އެޗްއާރުސީއެމްގެ ނާއިބް ރައީސް ކަމަށް މުޙައްމަދު ޝަފީޤްގެ ނަން ރައީސް ފޮނުއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނާޢިބް ރައީސް ކަމަށް މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރިޔާސަތުން ވަނީ މި ނަން ދިރާސާކުރެއްވުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިއަދު ވަނީ ފޮނުއްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް